އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 7:00 ހާއިރު ކަމަށެވެ.
މި ކުއްޖާއަކީ އިތުރު ތިން ކުއްޖަކާއެކު ފީނަން ފޭބި ކުއްޖެކެވެ. އެ ކުދިން ފީނަން ފޭބީ މާާމިގިލި ކައިރިކަމަށްވެ އެވެ. އެ ކުދިން ފީނަން ފޭބީ މާމިގިލި ބަނދަރު ސަަރަހައްދުންކަމަށްވެ އެވެ. އަދި އެ ކުދިން ފީނަން ފޭބީ ބޯވަ ނެގުމަށް ކަަމަށްވެ އެވެ.
ފުލުހުން ބުނި ގޮތުގައި ރިޕޯޓް ލިބުމާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސް ވަނީ ނިކުމެފަ އެވެ. އަދި އެ މަސައްކަތުގަަިއ ފުލުހުންވެސް އެހީތެރިވަމުން އައިކަމަށް ފުލުހުން ބުންޏެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ކުއްޖާ ނިޔާވެފައި އޮއްވާ މިހާރު ވަނި ފެނިފަ އެވެ.
އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.



