ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކޮށް، ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މި ބީލަންތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރީ، ށ. ފީވަށް، ތ. ތިމަރަފުށީ އަދި ތ. ވޭމަންޑޫ ގައެވެ. ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި ގައެވެ.

މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގެ އަގެކެވެ.

މި ޕްރޮޖެކްޓްތަކުގެ ބިޑް ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް 29 ޖުލައި 2025 ގެ މެންދުރު 11:00ގެ ކުރިންނެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ބިޑް ހުޅުވުން އޮންނާނީ 30 ޖުލައި 2025 ގެ ބުދަ ދުވަހުގެ 10:00ގެ ކުރިންނެވެ.

މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް ޕޮލިސް ސާވިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ