ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ މިއަދުން ފެށިގެން ޖުލައި 2 އަށް ކުރިއަށްދާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. މީގެ ތެރޭގައި ވިޔަފާރި، ބިނާވެށި ޕްލޭންކުރުން، ޤާބިލުކަން އިތުރުކުރުން އަދި ފަންނީ ހުނަރު ބަދަލުކުރުން ފަދަ ދާއިރާތައް ހިމެނެ އެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމަށްވާތީ، މި ދަތުރުފުޅުގައި ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ، ތިމާވެށި އަދި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނާ ގުޅޭ އެމްއޯޔޫތަކުގައި ސޮއިކުރެވޭނެ އެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު، ޓުއާސް ޕޯޓް، އައިޓީއީ ސެންޓްރަލް، އަދި ޔޫއާރްއޭ ގެލެރީއަށް ޒިޔާރަތްކުރައްވާނެ އެވެ. މިއީ ބަނދަރު ހިންގުމާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު، އަދި ސިޓީތައް ރޭވުމާއި ގެދޮރު އިމާރާތްކުރުމުގެ ދާއިރާއިން ސިންގަޕޫރުގެ ތަޖުރިބާ ދެނެގަތުމަށް ކުރައްވާ ޒިޔާރަތްތަކެކެވެ.

މީގެ އިތުރުން އިންވެސްޓް މޯލްޑިވްސްއިން އިންތިޒާމުކުރާ ހައި-ލެވެލް އިންވެސްޓްމަންޓް ފޯރަމެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި 9 ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ ވަޒީރުންނަކީ:

– ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަަލީލް
– ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން
– ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
– ހޯމް މިނިސްޓަރ އަލީ އިހުސާން
– އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
– ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
– ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހިމް
– ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު
– ކޮންސްޓަރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް

ސިންގަޕޫރާ ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - ސިންގަޕޫރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ