ރ. ފައިނުގައި ބްރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 2 ކުދިންނާއި ޓީޗަރަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަން އެނގިއްޖެ އެވެ.
ފައިނުގައި އެކްސިޑެންޓެއް ހިނގާފައިވަނީ، 18 އަހަރުން ދަށުގެ ދެ ކުއްޖަކު ދުއްވާފައިދިޔަ ސައިކަލެއް، ކަސްރަތަށް ހިނގަންތިބި ދެ ފިރިހެނެއްގެ ގައިގާ ޖެހިގެންނެވެ. ސައިކަލުން ޖެހިފައިވަނީ އެ ރަށު ސްކޫލްގެ ޓީވަރަކާއި ޕްރިންސިޕަލްގެ ގައިގަ އެވެ.
މި އެކްސިޑެންޓާއި ގުޅިގެން މި މީހުންނަށް ފަރުވާ ދިނުމަށް، އުނގޫފާރުގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އަދި އިތުރު ފަރުވާއަށް 2 ކުދިންނާއި ޓީޗަރުވަނީ މާލެ ގެނެސްފަ އެވެ.

2 ކުދިންނާއި ޓީޗަރަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ތިން ފަރާތަށްވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތުލިބެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


