އެޗްޑީސީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 5 އަހަރަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި އެވެ.

އެޗްޑީސީގެ ސްޓްރެކްޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ ކަމަށެވެ.

އެޗްޑީސީގެ ސްޓްރެކްޓީޖިކް ޕްލޭންގައި އެކި ދާއިރާތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން ތަރައްގީ އާއި އިގުތިސާދީ އޮޕަރޭޝަންތައް ވަރުގަދަކުރުމާއި ކުންފުނީގެ ހިންގުން އަދި މުވައްޒަފުންގެ ތަމްރީނަށް އެކިކަންކަން ރާވާފައިވެ އެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ ލަފަޔާއެކު އެކުލަވާލާފައިވާ މި ސްޓްރެޓެޖިކް ޕްލޭނަކީ އިޤްތިސާދު ބަދަލުވަމުންދާ ގޮތަށާއި، ރައްޔިތުންގެ އުންމީދުތައް އިތުރުވަމުންދާ މިންވަރަށާއި، އަދި ޒަމާނާ އެއްގޮތަށް އައު ގޮތްތަކެއްގައި ތަރައްޤީކުރުމުގެ މުހިންމު ބޭނުމަށް އިސްނަގައިގެން ދީގެން އެކުލަވާފައިވާ ޕްލޭނެކެވެ. މިއީ އެޗްޑީސީގެ މައިގަނޑު ޤާބިލިއްޔަތުތަކުގެ މައްޗަށާއި، ޤައުމީ އިސްކަންދޭ ކަންތައްތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ކުރިމަތީގައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކުގެ ސާފު ވަޒަންކުރުމެއްގެ މައްޗަށް ބިނާކޮށްފައިވާ ޕްލޭނެއް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީގެ ސްޓްރެޓެޖިކް ޕްލޭންގައި ބުނެފައިވަނީ، މި ޕްލޭނުން އާމްދަނީ، ދަރަނި މެނޭޖްކުރުމާއި، އަދި ހިންގުމުގެ ޚަރަދުތައް ފަދަ މައިގަނޑު ގޮންޖެހުންތަކަށް އެޗްޑީސީއިން އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމަށް ސާފު މަގެއް ދައްކައިދޭނެ ކަމަށެވެ. އަދި ހަމައެއާއެކު، މާސްޓަރ ޕްލޭނިންގައި ސަރުކާރުގެ އިސްކަންދޭ ކަންތައްތައް ފުރިހަމަކުރުމާއި، އަދި މަސައްކަތުގެ ކޮންމެ ދާއިރާއެއްގައިވެސް ދެމެހެއްޓެނިވި ކަމާއި ތިމާވެށި އަދި އިޖްތިމާއީ އުސޫލުތައް ހިމެނުމުގެ ފުރުސަތުތައް ބޭނުންކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ