ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބްރޮޑްކޮމްއަށް ކުރިމަތިލި ފަރާތްތަކާ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު ހުށަހަޅާފަ އެވެ. އަދި ބްރޮޑްކޮމްއަށް މެންބަރަކު އައްޔަނުކުރުމަށް މަޖިލީހުގައި ވޯޓަށް އަހާފައިވެ އެވެ.
ބްރޮޑްކޮމްއަށް ޒަމްއަތު އައްޔަނު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ ރިޕޯޓުގައި ވާގޮތުން އެ ކޮމިޓީގެ އިންޓަވިއުއިން 75% އަށްވުރެ މަތިން މާކްސް ހޯދާފައިވަނީ:
- ޒަމްއަތު އަހްމަދު ވަހީދު %89.29
- ޒީނާ ޒާހިރު %84.57
- ޝިމްލާ އަހުމަދު %76.86
ޒަމްއަތުގެ ނަން މަޖިލީހުން ފާސްކުރުމުން ދެންހުރި ނަންތަކަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް، ކޮމިޝަންގެ ނައިބު ރައީސް ޝިފްލާ އިބްރާހިމް، ކޮމިޝަންގެ މެންބަރު މުސާ ރިލްވާން، ކޮމިޝަންގެ މެންބަރު އާމިނަތު ނުޒުހާ، ކޮމިޝަންގެ މެންބަރު މުޙައްމަދު އަބްދުﷲ އަދި ކޮމިޝަންގެ މެންބަރު އާމިނަތު ޞަރާޙަތު ޢިއްޒަތު އެވެ.
ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)



