މިއަަހަރުގެ މިހާތަނަށް ވަށްކަމާއި ގުޅުންހުރި 1،372 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފި އެވެ.
ފުލުހުންގެ ތަފާސްހިސާބު ދައްކާގޮތުން މިހާތަނަށް ހިޔާނާތުގެ 160 މައްސަލަ އަދި ވައްކަމުގެ 1372 މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވެ އެވެ. މި އަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީވެސް ވައްކަމުގެ މައްސަލައެވެ.
މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 798 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މާރާމާރީގެ 268 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި ޓްރެފިކް މައްސަލަތަކާ ގުޅޭ 1342 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން ފޭރުމުގެ 108 މައްސަލަ، ޖިންސީ ކުށްތަކުގެ 110 މައްސަލަ އަދި ގެވެށިއަނިޔާގެ 104 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު ތަކުރާރުކޮށް ކުދިކުދި ވައްކަންކުރާ މައްސަލަތަކުގައި ގިނަ ބައެއް ބަންދުކުރުމަށްވެސް ކޯޓަށް ހުށަހަޅަ އެވެ. މިގޮތަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެއްބަޔަކު ތަކުރާރުވާކަން ފާހަގަކުރެވެ އެވެ.