ވައްކަމުގެ ތުހުމަތުގައި ހައްޔޔަރު ކުރުމުން އުޅުނީ މީހަކު ހޯދަން ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތުގައި ބުނެފި އެވެ.
ކްރިމިނަލް ކޯޓަށް އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓާކާއި ގެންދިއުމުން އެ މީހާ ބުނެފައިވަނީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ގެއާ ޖެހިގެން ހުރި ފަޅުގެއަކަށް ވަނީ މީހަކު ހޯދަން ކަމަށެވެ.
މި ތުހުމަތުކުރެވޭ މީހާއަކީ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށްވާއިރުގައި އެމީހާ ވަނީ ވަކީލެއް ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުން ވަނީ މި މީހާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓު ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް


