ކަނޑޫމާތިލަ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ، މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައީ 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އެ މީހާއަކީ މިއަދު ހެނދުނު މާފުށީގެ ގެސްޓް ހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި މީހެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ހާދިސާ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ ހެނދުނު 10:02 ހާއިރު ކަމުގަ އެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު އެމީހާ މޫދުން ނަގާފައިވާ ކަމަށެވެ.