ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރި 8 ޓަވަރު އެފްޑީސީއާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކުރާ ޓަވަރުތަކުގެ ތެރެއިން 8 ޓަވަރު އިންޑިއާ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖުމްލަ 32 ޓަވަރެއް ތަރައްގީ ކުރަމުން ގެންދެއެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ބާކީ ހުރި ޓަވަރުތައް ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ އިންސްޕެކްޝަންތައް މިހާރު ދަނީ ކުރިއަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ 4،000 ފްލެޓްގެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގަ އެވެ. މިހާތަނަށް 1،000 ފްލެޓުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމުގައި ބަލާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި އާންމު ކުރި ފްލެޓް ލިސްޓެވެ. މި ނިންމުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތަށް ފަހު ނެރުނު ލިސްޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތްކޮށް، އަދި ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ބަންޑާރަ ނައިބުގެ ލަފަޔާއެކުގަ އެވެ.

ރާއްޖެ - އިންޑިއާ ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ