ތިމާވެށީގެ ދުވަސް މިއަހަރު ފާހަގަ ކުރަނީ ތަފާތު ގޮތަކަށް: އެންވަޔަރަންޓް މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ އެންވަޔަރަންމަންޓް އައުޓްރީޗް އޮފިސަރ މުހައްމަދު ނާއިފް ވިދާޅުވެއްޖެ އެވެ.

ޖަވިޔަނި ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނާއިފް ވިދާޅުވި ގޮތުގައި، މުޅި ޖޫން މަސް ދުވަހަށް ބަހާލައިގެން އެކި ބާވަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މިގޮތުން މަހުގެ ކުރީކޮޅު، މެދުތެރެ އަދި ފަހުކޮޅުގައި އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އީދު ބަންދާ ދިމާކޮށް ރިސޯޓުތަކާއި ރަށްރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމްތަކާއި، ރިސޯޓުތަކާއި ޑައިވް ސެންޓަރުތަކާ ގުޅިގެން ހައުސްރީފްތަކާއި ކައިރި ފަރުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފަ އެވެ. އަދި ޖޫން މަހުގެ މެދުތެރޭގައި ރާއްޖޭގެ އެންޖީއޯތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ކުޑަކުދިންގެ މުބާރާތްތަކާއި ސާފުކުރުމުގެ ހަރަކާތްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ނާއިފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ޖޫން މަހުގެ ފަހުކޮޅުގައި ލ. އަތޮޅު ގަމާއި ފޮނަދޫގައި ފަސް ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ”އުޖާލާ ލާމު“ ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ތަޢުލީމީ ދަތުރެއް ހިމެނެ އެވެ. މި ދަތުރަކީ ލާމުގެ ނާޒުކު ތިމާވެށި ކުޑަކުދިންނަށް ދައްކައިދީ، ލާމުގެ މުޖުތަމަޢުއަށް ފައިދާހުރި ގޮތަކަށް ރޭވިފައިވާ ހަރަކާތެކެވެ.

މީގެއިތުރުން، ކައުންސިލްތައް ބާރުވެރިކުރުވުމަށް އެންވަޔަރަންމަންޓް ޕްރޮޖެކްޓްތައް ލިޔުމާއި ގްރާންޓް ޕްރޮޖެކްޓްތަކަށް މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށްވެސް ވަނީ ރޭވިފަ އެވެ. އަދި ލާމުގެ މުޖުތަމަޢުއާއި ރާއްޖޭގެ އެހެނިހެން އެންޖީއޯތައް ބައިވެރިކޮށްގެން ފޯރަމްއެއް ބޭއްވުމަށާއި، ގަމުގައި ސާފުކުރުމުގެ ހަރަކާތެއް އަދި މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތިމާވެށި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ