ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ރައިސް ވިދާޅުވެފައި ވަނީ، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރާ ކަމަށެވެ.

”މިހާތަނަށް ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި އެހީވުމަށް ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އިޖުތިމާޢީ ގޮތުން އެހީތެރިވެދީ، ބަދަހި ގުޅުންތައް އުފެއްދުމުގައި ރާއްޖޭގެ ސްކައުންޓުން ކުރަނީ ނަމޫނާ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގަ އެވެ.

ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގަ އެވެ. އެ ނިންމުމާއެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި، ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ވެސް ބައިވެރިވެފަ އެވެ.

މީގެ އިތުރުން ރާއްޖެއިން ދަނީ ސްކައުޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ޙާސިލްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްކައުޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ