ޑިޕްލޮމެޓިކް ވަފުދަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ކުށްވެރިކޮށް، ދިވެހި ސަރުކާރުން ބަޔާނެއް ނެރެފީ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގި މި ޢަމަލަކީ ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު، އަދި ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު، ޖެނިން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރަމުންދިޔަ ޔޫރަޕިއަން ޔޫނިއަން، އަރަބި އަދި އޭޝިއާގެ ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުންގެ ވަފުދެއް، އެ ސަރަހައްދުގެ އިންސާނީ ހާލަތު ވަޒަންކުރުމުގެ ރަސްމީ މިޝަނެއްގައި އުޅެނިކޮށެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ގައުމަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފު ކަމެކެވެ. ވިއެނާ ކޮންވެންޝަންގެ ދަށުން ޑިޕްލޮމެޓިކް މިޝަންތަކާއި މުވައްޒަފުންނަށް ޚާއްޞަ އިމްތިޔާޒުތަކަކާއި ރައްކާތެރިކަން ލިބިދޭންޖެހޭކަން ވެސް ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީ ކުރުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ - އިޒްރޭލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ