ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިއަދު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.6 ބިލިއަން އެމެރިކާ ޑޮލަރުގައިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ފެއްޓުމަށާއި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކެބިނެޓުގެ ގިނަ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން ހުރީ 6.6 ބިލިޔަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިޔަން އެމެރިކާ ޑޮލަރުގައި މިއަދު ހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިޔަން ގައި ހުރި އުފެއްދުންތެރިކަން.
މިނިސްޓަރު ސައީދު ވަނީ އުފެއްދުންތެރިކަމުގެ މައުރަޒުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ވައުދުވެވަޑައިގެންނެވި ގޮތަށް ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރި ހިންގޭނެ ނިޒާމެއް ގާއިމުވުންކަމަށް ވިދާޅުވެފަ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މާދަމާ އާންމުންނަށް ހުޅުވާލައިރު އެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ސަރަހައްދަކާއި، ޑިޖިޓަލް ޑިސްޓްރިކްޓަކާއި، ދިވެހިން އުފައްދާ ތަކެތި ވިއްކޭނެ ސަރަހައްދެއް ހުންނާނެއެވެ.
ކްރިއޭޓިވް އިކޮނޮމީއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއަކީ ދަންނަ ދާއިރާއެއް ކަމުގައި ނަހައިދައިފިނަމަ، ޒުވާނުންނަށް ފައިދާއެއް ކޮށްދިނުމުގެ ވާހަކަ ދެއްކި ނަމަވެސް ހަގީގީ ފައިދާ ނުލިބޭނެ ކަމަށެވެ. އަދި ކްރިއޭޓިވް އިކޮނޮމީ ވަރަށް ބޮޑަށް މެއިންސްޓްރީމް ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މި މައުރަޒު ތައްޔާރު ކުރުމުގައި އަދި މައުރަޒަށް ތައްޔާރުވުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު