މުޖުތަމައުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގާއިމު ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ ސުލްހައާއި އަމާންކަމާއެކު ގުޅިގެން ދިރިއުޅުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށެވެ.
ކުރިއަށްވުރެ މިހާރު އެންމެން ގުޅިގެން ސަމާހަތްތެރިކަމާއެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ޤާއިމުކޮށް، އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭ.
މި ދުވަސް ފާހަގަ ކުރަމުން ދަނީ މުޖުތަމައުގައި އުޅޭ މީހުންގެ މެދުގައި އެކުވެރިކަމާއި ސުލްހަވެރިކަން އިތުރުކުރުމަށެވެ.
މި ސަރުކާރުން ވަނީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންނަށްވެސް ހަމަހަމަ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފަ އެވެ.