ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު މިހާރު ނެތް: ޕޮލިސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތެއް ކުރިން ކުރެވުނު ނަމަވެސް މިހާރު އެފަދަ ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޝަމްއާންއަށް މީގެކުރިން ދޫކޮށްފައިވާ ޕޮލިސް ރެކޯޑެއްގައި މަނީލޯންޑްރިންގެ ތުހުމަތު ކުރެވުނުކަމާއި ފަހުން އޭނާގެ ރެކޯޑްއިން އެކަން ކްލިއާ ކޮށްފައިވާކަން ފާހަގަކޮށް އެކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުންނަށް އޭރު ލިބުނު މައުލޫމާތެއްގެ އަލީގައި ޝަމްއާންއަށް އެތުހުމަތު ކުރެވުނު ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ބެލިބެލުމުން އެފަދަ ތުހުމަތެއް އެހާހިސާބުގައި ފާހަގަނުކުރެވުމުން އެކަން ޝަމްއާންގެ ރެކޯޑްއިން ކްލިއާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް އެހާހިސާބަށް ތަހުގީގު ކުރެވުނުއިރު އެފަދަ ކަމެއް ފާހަގަނުކުރެވޭތީ އަޅުގަނޑުމެން އޭނާގެ ރެކޯޑް ކްލިއާ ކުރީ.“ އޭސީޕީ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޝަމްއާން ނުވަތަ އެހެން މީހެއްގެނަމަވެސް މައްސަލައެއް ފުލުހުންނާ ހަމައަށް އައުމުން ފުލުހުން އެމައްސަލައެއްގައި ބަލަންވާވަރަށް ބެލުމަށްފަހު ހެކި ނެތްކަމަށްވާނަމަ އެ މައްސަލައެއް ކްލޯޒް ކުރާނެ ކަމަށެވެ.

މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ