ކުޑަކުދިންނަށް އެންމެ ގިނައިން ލިބެނީ ޖިންސީ އަނިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެމްބީއެސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ޖިންސީ އަނިޔާގެ މައްސަލަތަކުގައި 236 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 178 އަންހެން ކުދިންނާއި 58 ފިރިހެން ކުދިންނެވެ.

ކުޑަކުދިންނާ ގުޅޭ އެހެނިހެން މައްސަލަތަކުގެ ތެރޭގައި އަޅާނުލުމުގެ 57 މައްސަލައާއި، އަނގަބަހުން ނުވަތަ ނަފްސާނީ ގޮތުން ކުރެވޭ އަނިޔާގެ 46 މައްސަލައާއި، ގަނާކުރުމުގެ 17 މައްސަލަ ހިމެނެ އެވެ.

ކުޑަކުދިންގެ އާބާދީ

އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހި ކުޑަކުދިންގެ އާބާދީއަކީ 131،154 އެވެ. މިއީ ރާއްޖޭގެ ޖުމުލަ އާބާދީގެ 21.8 ޕަސެންޓެވެ. މި އާބާދީގައި 68،396 ފިރިހެން ކުދިންނާއި 62،758 އަންހެން ކުދިން ހިމެނެއެވެ. އަދި މި އާބާދީގެ ގިނަ ކުދިންނަކީ އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންނެވެ.

ކުޑަކުދިންގެ އާބާދީގެ ތެރެއިން 99،300 ކުދިން ކިޔަވަމުންދާއިރު، 16 ޕަސެންޓު ކުދިންނަކީ ކިޔަވަން ނުދާ ކުދިންނެވެ. އަދި 15 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 17،500 ކުދިން ނުކިޔަވާ ނަމަވެސް ކޮންމެވެސް މަސައްކަތެއް ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މަސައްކަތްކުރާ ކުދިންގެ ތެރޭގައި 58 ޕަސެންޓަކީ ފިރިހެން ކުދިންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ