ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުއަންނާނެކަން ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ 2025 މެއި 10 ވަނަ ދުވަހުގެ 15:30 އިން ފެށިގެން ހަރަކާތް ނިމެންދެން މާލޭގެ ބައެއް މަގުތައް ބަންދުކޮށް ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހަމައެކަނި އެއްކޮޅަށް ދުއްވޭގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ބަންދުކުރަން ނިންމާފައިވާ ސަރަހައްދުތައް:
- ރަސްފަންނު ކައިރިން ބޮޑުތަކުރުފާނުމަގުން، ތާޖުއްދީން ހިނގުމުން ފެށިގެން، މަޖީދީ މަގުކަންމައްޗަށް ބަންދު ކުރުމަށް. ހަމަ އެ ސަރަހައްދުން ސަބުދެލިމަގު ބަންދު ކުރުމަށް.
- އަމީރުއަހުމަދު މަގު ބަންދު ކުރުމަށް.
މަޖީދީ މަގު ޖަނަވަރީ މަގުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ހަތަރުފުރޮޅުލީ އުޅަނދުތައް އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ހެންވޭރު ބޯޅަދަނޑު ކައިރިން ފިލިގަސްހިގުން މަގުގައި ވެސް ހަތަރުފުރޮޅުލީ އުޅަނދުތައް އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސާފައިވެ އެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީގައި ބާއްވާ ހަރަކާތަށް 2025 މެއި 10 ވަނަ ދުވަހުގެ 15:30 އިން ފެށިގެން ހަރަކާތް ނިމެންދެން ޗާޓުތަކުގައި ފާހަނގަކޮށްފައިވާ ސަރަހައްދުގެ ޓްރެފިކް ފުލޯއަށް ބަދަލު ގެނައުމަށްވަނީ ހަމަޖެހިފައި pic.twitter.com/K9TKmu1VqI
— Maldives Police (@PoliceMv) May 9, 2025
މީގެއިތުރުން ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ފުލުހުން ވަނީ ބަދަލުގެނެސްފަ އެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތަށް 2025 މެއި 10 ވަނަ ދުވަހުގެ 15:30 އިން 1830 އަށް ހުޅުމާލެ ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފުލޯއަށް ގެނެވޭ ބަދަލު.
މި ބަދަލާ ގުޅިގެން ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ ވާހަކަ ދަންނަވަން pic.twitter.com/zvB8Lhtq0r
— Maldives Police (@PoliceMv) May 9, 2025
އެހެން އަހަރުތަކާއި ތަފާތުކޮށް މިއަހަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށްޓަކާއި އަންނަނީ ވަރަށް ގިނަ ތައްޔާރީތަކެއް ވަމުން އެވެ. އެގޮތުން މާލެ ސަރަހައްދުގައި ފަސް ތަނެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވެ އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ސަރަޙައްދުތައް:
- ހުޅުމާލެ ސެންޓްރަލް ޕާކް
- މުހިޔިއްދީން ސްކޫލް (ވިލިމާލެ)
- ރަސްފަންނު
- ހެންވޭރު ދަނޑު
- ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު



