”މޯލްޑިވްސް 2.0“ އަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުން: ފަހުމީ

Advertisement

Advertisement

އެންމެ ފަސް

Advertisement

”މޯލްޑިވްސް 2.0“ އަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ބާއްވާ ފުރަތަމަ ޑިޖިޓަލް ސަމިޓް، މޯލްޑިވްސް 2.0 ސަމިޓް އިއްޔެވަނީ އިފްތިތާހު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ފަހްމީ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ހަލުވިކަމާއެކު ޤައުމެއް ކުރިއަރައިދާނީ، ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިގެން ކަމަށެވެ.

ފަހުމީ ވިދާޅުވީ ޒަމާނީ ވަސީލަތްތަކުން ފުރިހަމަވެފައިވާ އައު ދިވެހިރާއްޖެއަކަށް ދިވެހިން ވާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތަށް ޝުކުރާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.

”ޝައްކެއްވެސް ނެތް ގޮތުގައި، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ހަލުވިކަމާއެކު ހިންގުން ހަރުދަނާކޮށް، ދެފުއްފެންނަ ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދީ، ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ވާ ޤައުމަކަށް ބަދަލުކުރުމަށް، ވިސްނުންތެރި ތަޞައްވުރަކާއެކު ތިޔަ ފައްޓަވާފައިވާ މަސައްކަތަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުން.“ ފަހުމީ ވިދާޅުވި އެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ތަސައްވުރުގެ ފޮނިމީރުކަން އަވަސް މުސްތަޤުބަލެއްގައި ދިވެހިންނަށް ލިބިގެންދާނެކަމަށެވެ.

ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

މި ޕްލޭންގައި ޑިޖިޓަލް އައިޑެންޓިޓީ، ޑޭޓާ ހިއްސާކުރުން، ސައިބަރ ސެކިއުރިޓީ އަދި ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ 8 މައިގަނޑު ތަނބު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް 2.0 ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ