ހިންހަމަޖެހުމަކީ ކުރީގެ ތެލެސީމިޔާ ސެންޓަރާއި އަޅާބަލާއިރު އައު ސެންޓަރު ބޮޑުވުން: ޑޮކްޓަރ އުމަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮރެންޖު ހިޔާގައި އައު ތެލެސީމިޔާ ސެންޓަރު އިއްޔެ ހުޅުވާލުމާ ގުޅިގެން، ކުރީގެ ތެލެސީމިޔާ ސެންޓަރަށްވުރެ މި ސެންޓަރު ބޮޑުވުމަކީ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށް ޑޮކްޓަރ އަހުމަދު އުމަރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރ އުމަރު ވިދާޅުވި ގޮތުގައި، އައު ސެންޓަރުގެ ސަބަބުން ނުފެށި ލަސްވެފައި ހުރި ބައެއް ޚިދުމަތްތައް ފެށުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ކައިރި މުސްތަޤުބަލެއްގައި ޑީއެންއޭ ޓެސްޓުގެ ޚިދުމަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

”ކުރީގަ އެނދުގަ ތިބެގެން ލޭއެޅޭގޮތަށް މުޅިންވެސް މިހުރީ، އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ސޯފާ ބެހެއްޓި ސޯފާގަ ތިބެގެން އަދި ބައެއްކަހަލަ ކުޅިވަރުތައް ކުޅެމުންވެސް ގިނަ ޕޭޝަންޓުންނަށް ލޭ އެޅޭނެގޮތް ހަމަޖެހިގެން ދާނެ،“ ޑޮކްޓަރ އުމަރު ވިދާޅުވި އެވެ.

އައު ސެންޓަރުގައި ތިން ވޯޑެއް ހިމެނޭ ކަމަށާއި، އެއީ ކުޑަކުދިންނަށް ޚާއްސަ ވޯޑަކާއި، އަންހެނުންނަށް ޚާއްސަ ވޯޑެއްގެ އިތުރުން ޖެނެރަލް ވޯޑެއް ކަމަށް ޑޮކްޓަރ އުމަރު ވިދާޅުވި އެވެ. މި ތިން ވޯޑުގައި 25 އެނދާއި އިތުރު ސޯފާތައް ހުންނާނެ ކަމަށާއި، އެއްފަހަރާ 30 ޕޭޝަންޓުންނަށް ޚިދުމަތް ދެވޭނެ ކަމަށްވެސް ޑޮކްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން، ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއް ފްލޯއަކުން ހުރިހާ ކަމެއް ކުރެވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ތެލެސީމިޔާ ޕޭޝަންޓުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ޑޮކްޓަރ އުމަރު ފާހަގަކުރެއްވި އެވެ.

މިނިސްޓްރީ އޮފް ހެލްތް ތެލެސީމިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ