ސަން ސިޔާމުގެ ކުންފުންޏަށް ދިން މިނާވަރު އަނބުރާ ސަރުކާރަށް ނަގަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަނޑުވެރިކަމާއި ޕްރޮސެސިން މަސައްކަތް ކުރުމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނި، ސަން ޓްރެވެލްސްއަށް ދޫކޮށްފައިވާ ނ. މިނާވަރު އަނބުރާ ސަރުކާރަށް ނަގަން ނިންމައިފި އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ރަށް އަތުލުމަށް ނިންމާފައިވަނީ އެއްބަސްވުމާ އެއް ގޮތަށް ކަންކަން ކުރިއަށް ނުގެންދާތީ ކަމަށެވެ. އަދި މިކަން ރަނގަޅު ކުރުމަށް ފުރުސަތު ދިނުމުންވެސް ރަނގަޅުކޮށްފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިނާވަރުގައި ދަނޑުވެރިކަމާއި ޕްރޮސެސިން މަސައްކަތް ކުރުމަށް 21 އަހަރު ދުވަހަށް ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ބުނެފައިވާ ފަދައިން ޕްރޮސެސިން މަސައްކަތް އެ ރަށުގައި ކޮށްފައި ނުވާކަން އެ މިނިސްޓްރީ ކުރިއަށް ގެންދިޔަ މޮނީޓަރިން ދަތުރެއްގައި ހާމަވެފައިވާކަމަށެވެ.

އެއްބަސްވުމާ އެއްގޮތަށް އެކަން ކުރިއަށް ނުދާތީ އެކަން ރަނގަޅު ކުރުމަށް މާޗް 19، 2025 ގައި 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ދިން 30 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެކަން ރަނގަޅުކޮށްފައި ނުވާތީ މިއަދުން ފެށިގެން ރަށް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމާފައިވާކަމަށާއި އެކަން ރަށް ކުއްޔަށް ނެގި ފަރާތަށް އަންގަފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ