މަސްވެރިކަމުގެ ދުވެލި އިތުރުވެ، ދޫކުރި ފައިސާގެ އަދަދު 14% އިތުރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފާއިތުވި ހަފްތާގައި މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވެ، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވެސް 14 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.6 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިއީ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ 12.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެދުވަހު 45 ދޯންޏަކަށް 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދެއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަސީލަތްތައް ވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ