ޝަމްއާންގެ އިސްތިއުނާފު ހޯމަ ދުވަހު ފަށަން ހައިކޯޓުގައި ތާވަލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހޯމަ ދުވަހުގެ މެންދުރުފަހު ފަށަން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި މިދިޔަ މާޗް 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކުރެވުނެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކުވެސް ވަނީ ހައްޔަރުކުރެވިފައެވެ. ޝަމްއާން އެންމެ ފުރަތަމަ ހައްޔަރުކުރެވުނު އިރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށްފަހު، ފަހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅޭ ގެއަކަށް ރެއިޑްކޮށްފައިވެއެވެ. މި ރެއިޑްގައި ބައިވެރިވި އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓްގައިވެސް ނުހިމެނޭ މުވައްޒަފުންތަކެކެވެ.

ފުލުހުންގެ ތުހުމަތުގައިވާ ގޮތުން، މި ރެއިޑްގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު 530,000 ރުފިޔާ ދިނުމުން ދޫކޮށްލާފައިވަނީ ޝަމްއާންގެ އަމުރަކަށެވެ. ޝަމްއާންގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމާ ގުޅިގެން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށް، މިހާރު ވަނީ މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ހައި ކޯޓު މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ