އުތުރުގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެގްރިބިޒްނަސް (މެޕް) އިން ރާއްޖޭގެ އުތުރުގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކަމަށް އެ ފަރާތުން ހާމަކޮށްފި އެވެ.

މި ޕްރޮގްރާމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށުން، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅަށެވެ.

މެޕްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު މަސައްކަތް ކުރަމުންދަނީ ކުރީގެ ތަޖުރިބާތަކަށް ބަލައި، އިތުރު ބަދަލުތަކަކާއެކު 26 ރަށަށް އަމާޒުކޮށްގެން ތަމްރީންތައް ކުރިއަށް ގެންދިޔަ ނަމަވެސް، އުތުރުގެ ހުރިހާ ރަށެއް މި ޕްރޮގްރާމްގައި ޝާމިލުކުރުމަށެވެ. މި މަޤްޞަދުގައި އައިލެންޑް ފާމަރސް ފޯރަމް ގެ ނަމުގައި އެ ރަށްރަށުގައި ދަނޑުވެރިންގެ ގްރޫޕްތަކެއް އެކުލަވާލައި، ދަނޑުވެރިންގެ ބޯޑެއްވެސް ވަނީ އުފައްދާފައެވެ.

މީގެ އިތުރުން މެޕްގެ ފަރާތުން ދަނޑުވެރިކަމުގައި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.

ދަނޑުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ