ގަސްތަކާއި މެދު އަމަލުކުރާނެ ގޮތެއް ހޯދުމަށް ފަންނީ ލަފާ ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ހައްދާފައިވާ ގަސްތަކާމެދު އަމަލުކުރާނެ ގޮތެއް ހޯދުމަށާއި، ފަންނީ ލަފާ ހޯދުމަށް މިއަދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރެވިފައިވަނީ މިއަދު ބޭއްވުނު އެ އިދާރާގެ 4 ވަނަ ދައުރުގެ 190 ވަނަ ޖަލްސާގައެވެ.

ޖަލްސާގައި ބައެއް ކައުންސިލަރުން ފާހަގަކުރެއްވި ގޮތުގައި، މާލެއަކީ ޖާގައިގެ ގޮތުން ކުޑަ ތަނަކަށް ވުމާއެކު، ގަސް އިންދުމުގައި ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރަން ޖެހެއެވެ. އެގޮތުން ގަސްތަކަކީ ބިޔަކޮށް ހެދޭ އެއްޗެއް ކަމުން އެންމެހާ ރައްޔިތުންނަށް އޭގެ އުނދަގޫ ދިމާވެދާނެ ކަމަށް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ބައެއް ކައުންސިލަރުން ހުށަހަޅުއްވާފައިވަނީ، ގަސްތައް ބިޔަވުމުން އޭގެ އެންމެ ބޭނުން ހިފޭ ދުވަހު އެ ކަނޑާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ގަސްތައް ކަނޑާލުމުގެ ބަދަލުގައި އެ ގަސްތައް މެނޭޖްކުރާނެ އުސޫލެއް ކަނޑައެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، ”ކުރިޔަށް އޮތް ތަނުގައި މަގުތަކަށް އެކަށީގެންވާ ގަސްތަކެއްތޯ ބަލައި، އެ މަޢުލޫމާތު ހޯދައިގެން ކުރިޔަށް ގެންގޮސްފިނަމަ ބޮޑެތި ލުއިތަކެއް ލިބިގެންދާނެ“ އެވެ. މިގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ގަސްތައް ބެލެހެއްޓުމަށް ފަންނީ ލަފާ ހޯދުމުގެ މުހިންމުކަން ޖަލްސާގައި ވަނީ ފާހަގަކުރެވިފަ އެވެ.

އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ