ފުލުހުންނަށް ކާންދިނުމުގެ ކަންކަން ހަވާލުކުރީ ހުއްދައާ ހިލާފަށްކަން ހާމަވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންނަށް ކާންދިނުމުގެ ކަންކަން ބަޔަކާ ހަވާލުކުރުމުގައި، ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އަމަލުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީގެ ކަންކަން މަޖިލީހުން ތަންކޮޅެއް ގާތުން ބަލަންޖެހޭ ކަމަށެވެ. ޕޮލްކޯގެ މައްސަލަ ބެލުމުގެ ތެރޭގައި ކޯޕަރޭޓިވް ސޮސައިޓީތަކުން ކޮށްފައިވާ ވަރަށް ”ވިޔާނުދާ“ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭގެތެރެއިން އެއް ކަމެއްގެގޮތުގައި ނާޒިމް ފާހަގަ ކުރެއްވީ ޕޮލްކޯގެ ފަރާތުން ފުލުހުންގެ ކެއުމުގެ ކަންކަން ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއްގެ ވާހަކަ އެވެ. އެގޮތުން ފުލުހުންގެ ކެއުމުގެ ކަންކަން ކުރިއަށްގެންދިޔައީ ޕޮލްކޯގެ ފަރާތުން ކަމަށާއި އަދި 2018 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އެކަންކަން ފަސް އަހަރަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

”5 އަހަރު ދުވަހަށް ދެއްވި ހުއްދައިގެ ދަށުން 10 އަހަރު ދުވަހަށް އެގްރިމެންޓްކުރަން ފުލުހުންގެ އޮފިސަރަކު ލިޔުއްވާފައި ލިޔުމެއް މިއޮތީ. ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން 5 އަހަރު ދުވަހަށް ހުއްދަ ދެއްވީމާ، އޮފިސަރު މިއޮތީ ލިޔުއްވާފައި 10 އަހަރަށް އެގްރިމެންޓް ކުރައްވާށޭ. މިހުރީ އެއްވެސް ޖެހިލުމެއްނެތި ކޮށްލާފައި އޮތް ކަންތައްތައް.“ ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިއީ ކޮންމެ އަހަރަކަށް 35 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްކަން އެނގޭ ކަމަށެވެ. އަދި މިއީ ބޮޑެތި އަދަދުތަކުން ހިންގާފައިވާ ކޮރަޕްޝަންގެ ކަންކަން އެނގޭކަން ފާހަގަ ކުރެއްވި އެވެ. ފުލުހުންގެ ކޭޓަރިންގެ މަސައްކަތް ޕޮލްކޯގެ ފަރާތުން ހަވާލުކޮށްފައިވަނީ އެތަނުގެ އެތެރޭގައި އޮންނަ ޕޮލްކެޓް ކިޔާ ކުންފުންޏަކަށް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި ސޮއި ކުރައްވާފައިވަނީ ފުލުހުން ކޮން އޮފިސަރެއް ކަމާއި އަދި މިކަންކަން ހިނގާފައިވާގޮތް ދެނެގަނެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ