60 އަހަރުން މަތީގެ މީހުންނަށް ސައިކަލު ދުއްވަން ހާއްސަ ލައިސެންސެއް ދޫކުރަނީ

Advertisement

އެންމެ ފަސް

Advertisement

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހާއެކު އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ރަށު ޕިކަޕާއި ސައިކަލު ދުއްވުމަށް ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތް ހަދައިފި އެވެ.

މި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސް ދޫކުރާނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހުގަ އެވެ. މި ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާ ގުޅޭ މުހިންމު މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ އާންމުކޮށް ލައިސެންސް ދޫކުރުމަށް ހަދާ އިމްތިހާނަށް ވުރެ ފަސޭހަ ތަމްރީނެކެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ މި ލައިސެންސްގައި ސައިކަލާއި ރަށު ޕިކަޕް ދުއްވޭނީ އެ ލައިސެންސެއް ނަގާ ރަށެއްގައި ކަމަށާއި އަދި ދުއްވަން ޖެހޭނީ 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި އެކަނިކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ ކުރިން މި ގަވައިދުގައި 60 އަހަރުން މަތީގެ މީހުންނަށް ވަކި ލައިސެންސެއް ދޫކުރާ ގޮތަކަށް ނޯވެ އެވެ. މި ހާއްސަ ލައިސެންސް ދޫކުރާނީ ފުރަތަމަ 10 އަހަރުގެ މުއްދަތަކަށް ކަމަށާއި އެއަށް ފަހު އަނެއްކާވެސް ލައިސެންސް ލިބޭނީ ތަމްރީން ފުރިހަމަ ކުރުމުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ