އުފެއްދިތާ 3 އަހަރުވީ ސައިކަލާއި 5 އަހަރުވީ ކާރު އެތެރެކުރުން މަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އުފެއްދިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސައިކަލާއި އުފެއްދިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކާރު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި އެވެ.

މި ނިންމުން ނިންމާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކުންނެވެ. މި އިސްލާހުގެ ދަށުން، ދެން ރާއްޖެއަށް އެތެރެކުރެވޭނީ އުފެއްދިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ސައިކަލާއި އުފެއްދިތާ ފަސް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ކާރެވެ.

މީގެ އިތުރުން، އެހެނިހެން އުޅަނދުތަކަށްވެސް އުމުރުގެ ލިމިޓްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެއް ޓަނާއި ހަތަރު ޓަނާ ދެމެދުގެ ބަރު އުޅަނދުތައް އެތެރެކުރެވޭނީ އުފެއްދިތާ ހަތް އަހަރު ހަމަނުވާނަމައެވެ. ހަތަރު ޓަނާއި 10 ޓަނާ ދެމެދުގެ އުޅަނދުތަކަށް މި ލިމިޓަކީ 10 އަހަރެވެ. އަދި 10 ޓަނުން މަތީގެ އުޅަނދުތަކަށް 15 އަހަރެވެ.

ގަވާއިދުގެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މި އުމުރުތަކަށް ނުފެތޭ އެއްވެސް އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.

އަދި ސައިކަލު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށްވެސް ގަވާއިދު އިސްލާހުކުރެވިފައިވެއެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ