ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، އެފަރާތްތަކުގެ ޕާސްޕޯޓުގައި ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.

ހޯމް މިނިސްޓްރީއާއި، އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތް ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއްނެތި ޑިޕޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް 6,076 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން، މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ