ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި، ނުކުޅެދުންތެރިކަމަށް ހުށަހެޅުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް ސަރވޭ 2022 އިން ދައްކާގޮތުން، ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުންނެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އަދަދެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރުގައި، 84 ޕަސެންޓް މީހުން ބަލިތަކާ ގުޅިގެން މަރުވާ ސަބަބަކީ، ދުންފަތި އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް. މިއީ ވަރަށް ބޮޑު އިންސައްތައެއް.
2021 ވަނަ އަހަރު ހެދުނު ސަރވޭއެއް ދައްކާގޮތުން، 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 ޕަސެންޓް ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކެވެ. އަދި ގްލޯބަލް ޔޫތު ސަރވޭއިން ދައްކާގޮތުން، ސްކޫލް އުމުރުފުރައިގެ ކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިންނަކީ ދުންފަތް ނުވަތަ ނިކޮޓިން ބޭނުންކުރާ ކުދިންނެވެ.
ރާޢްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޖެނެރޭޝަނަލް ބޭނެއް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. މިކަމާ ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށާއި، ކެބިނެޓް ބައްދަލުވުމުގައި މިކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
—- ރައީސް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވިޑިއޯ
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ސަރވޭތަކެއް ހަދައި، އެކި ޖަމްއިއްޔާތަކާއި، ޑަބްލިޔުއެޗްއޯ އަދި ޔުނިސެފް ފަދަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު މަޝްވަރާކުރެވިފައިވެ އެވެ. އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު އޮންލައިން ޕޯލްގައި ގިނަ ބަޔަކު ވޯޓުދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން
