އެމްޑީޕީ ކޮންގްރެސް އޮގަސްޓް 15 ގައި ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އޮގަސްޓް 15 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވި 75 މެންބަރުންގެ ވޯޓުންނެވެ.

https://x.com/MDPSecretariat/status/1911103892030701695

އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތައްޔާރުވަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓް ގުޅިގެން ކުރިއަށްދިއުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ދެ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ތާއީދު ކުރައްވާފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ފައްޔާޒް އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ