ހިޔާ ޓަވަރުތަކުގައި މުހިންމު މަސައްކަތްތަކެއް ކުރާތީ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި ޓަވަރުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެންނެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި، މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ (13 އެޕްރީލް 2025) ވާ އާދީއްތަ ދުވަހުއެވެ. މި ދުވަހު ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، ހިޔާގެ ފުރަތަމަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

މި މަސައްކަތަކީ ކޮބައިކަން ސްޓެލްކޯއިން ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، އެއީ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ދާއިރު މީގެ ކުރިންވެސް ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް ކެނޑެ އެވެ. ނަމަވެސް އެ ކުންފުނިން މި މަސައްކަތް ކުރުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރިއަށް ދާނެ ވަގުތާއި ސަރަހައްދު އިއުލާން ކުރެ އެވެ. އަދި ދިމާވެދާނެ ދަތިކަަށް ރައްޔިތުންގެ ކިބައިން މާފަށް އެދެ އެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ