ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
މި މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެއާޕޯޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ދިިދަ ނެގުމާއި، ކޭކު ފެޅުމާއި އަދި އެކުވެރިކަމުގެ ހިނގާލުމެއް ބާއްވާފަ އެވެ.
އެއާޕޯޓުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ އަހަރެއްކަން ފާހަގަކުރައްވައި، ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ކެޑުމުގެ އިތުރުން އެކުވެރިކަމުގެ ހިނގާލުމެއްވެސް ބާއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
