ދެ ބިދޭސީންގެ ދެމެދުގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނެފައިވަނީ މި މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ކަމަށެވެ. އަދި އެ ދެ ބިދޭސީންގެ ދެމެދުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 10:08 ހާއިރުކަމަށް ފުލުހުން ބުނެ އެވެ.
މި މާރާމާރީ ހިންގާފައިވަނީ ނޭޕާލް ރައްޔިތަކާއި ބަންގްލަދޭޝް ރައްޔިތަކާ ދެމެދު އެވެ. މި ދެ ބިދޭސީންނަކީވެސް ފިރިހެނުންނެވެ.
މި މައްސަލައިގައި ނޭޕާލަށް ނިސްބަތްވާ މީހަކު ފުލުހުން ވަނީ އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މި މާރާމާރީގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހާއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބިދޭސީން ބިދޭސީންގެ މައްސަލަ މާރާމާރީ ދިވެހި ފުލުހުންގެ ޚިދުމަތް
