މާލެ ސަރަހައްދުގައި ދެވަނަ އޭލެވެލް ސުކޫލެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ދެވަނަ އޭލެވެލް ސްކޫލެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާއެކު ބޭއްވުނު ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މީގެ އިތުރުން 44 މަލްޓި-ޕަރޕަސް ހޯލު އެޅުމުގެ މަޝްރޫޢުތައްވެސް ހިނގަމުންދާ ކަމަށެވެ. އަދި 19 ސައިންސް ލެބް، 10 ލައިބްރަރީ އަދި 6 ކޮމްޕިއުޓަރ ލެބް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ޚާއްޞަކޮށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް މި މަހު އެގްރީމެންޓްގައި ސޮއިކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު އަޅަމުންދާ ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމާނެ ކަމަށާއި، ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފައިސާ ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ދެން ޖުމްލަ 8 މަޝްރޫޢު، އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭގައި 8 ސްކޫލް މަޝްރޫޢު ހިމަނާފައި ވާނެ. އެއީ، ޖުމްލަ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު. ދެން އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ހުރިހާ ކަމެއް ރަނގަޅަށް އެބަދޭ އިރާދަކުރެއްވީތީ.

މީގެ އިތުރުން ތާޖުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމާއި، ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް އަމާޒުކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު ފައުންޑޭޝަން މަސައްކަތް އެ ހިނގަނީ. އެހެންވީމާ، އެވެސް އިރާދަކުރެއްވިއްޔާ ހަމަ ބާރަށް ކުރިއަށްދާނެ. ގެންގޮސް ވީހާވެސް ހަމަ އަވަހަކަށް ނިންމާފައި، މި އަންނަ އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމުން އަމާޒަކީ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މި ހުރިހާ މަޝްރޫޢުތަކަކީވެސް ފައިސާގެ މައްސަލައެއް ނެތި ކުރިއަށްދާނެ މަޝްރޫޢުތަކެއް ކަމަށާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތާއެކު ޓީޗަރުން ބިނާކުރުމާއި ކުދިންނަށް ދޭންވާ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރިއަށްދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ