އެއަރ އެމްބިއުލެންސަށް ބޭނުންވާާ މީހުން ތަމްރީނުކުރަން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

އެއަރ އެމްބިއުލެންސްގެ ޚިދުމަތަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަލިވެއްޖެ ހާލަތެއްގައި ވަގުތުން ބޭސްފަރުވާގެ ނިޒާމު ހަމަޖެހިފައި އޮތުމަކީ ކޮންމެ ގައުމެއްގައިވެސް ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި ދާއިރާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މީހުން ނެތުން ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ ގުޅިގެން ފެށުމަށް ވަނީ ނިންމާފަ އެވެ. އަދި މި އަހަރު ނިމޭއިރު މި ދާއިރާއާ ގުޅޭ ކޯސްތައް ހުޅުވާލެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިހާތަނަށް 1،072 ބަލިމީހުން އުފުލާފައި

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ މާރިޗު 6 އިން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެއަރ އެމްބިއުލެންސުން ވަނީ 899 ދަތުރު ކޮށްފަ އެވެ. މި ދަތުރުތަކުގައި ޖުމުލަ 1،072 ބަލިމީހުން ވަނީ އުފުލާފަ އެވެ.

މި ޚިދުމަތުގެ ސަބަބުން ވަރަށް ގިނަ އާއިލާތަކަށާއި ދިވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ