ތައިލެންޑް އަށް ދަތުރުކުރާ ދިވެހިންވެސް ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު“ ފުރިހަމަކުރަންޖެހޭނެ: މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް އެތެރެވުމުގެ ކުރިން ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު“ ފުރިހަމަކުރަންޖެހޭނެ ކަމަށާއި، އެހެންކަމުން އެ ކާޑު ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، 2025 މޭ 1 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން މި ކާޑު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ. މި ކާޑު ފުރިހަމަކުރެވޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އަދި އެއީ ދަތުރު ފެށުމުގެ ތިން ދުވަސް ކުރިން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ބަދަލާ އެކުވެސް، ރާއްޖެއާއި ތައިލެންޑާ ދެމެދު މިހާރު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ ”އެންޓްރީ ވިސާ“ ގައި ތައިލެންޑަށް ދަތުރުކުރެވޭނެ އެވެ.

އެހެންކަމުން، ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތައިލެންޑްއަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމެކެވެ.

ރާއްޖެ - ތައިލެންޑް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ