ބްރޯޑްކޮމްގެ ނައިބްގެ މަޤާމަށް ޝިފްލާ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމަށް ޝިފްލާ އިބްރާހީމް އިންތިޚާބުކޮށްފި އެވެ.

މި މަޤާމަށް ޝިފްލާ އިންތިޚާބުވެފައިވަނީ ކޮމިޝަންގެ މެންބަރުންގެ 5 ވޯޓު ލިބިގެންނެވެ.

ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމް ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަހްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ޝިފްލާގެ އިތުރުން ކޮމިޝަނަރ އާމިނަތު ނުޒުހާވެސް ވާދަކުރެއްވި އެވެ.

ބްރޯޑްކާސްޓިން ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝިފްލާއަކީ މި ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ފަންނީ ތަޖުރިބާގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުންނެވެ. އޭގެފަހުން ޝިޕްލާ ވަނީ ސަންގުޓީވީގައިވެސް މަސައްކަތްކޮށްފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ