ތެލާއި ކާޑުގެ ބާވަތްތަކަށް ފައިސާދެއްކުމަށްވުރެ އިސްކަންދޭނީ ސްޓޫޑެންޓް ލޯނަށް ފައިސާ ދޫކުރަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޫޑެންޓް ލޯނުގައި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއިވިވަޑައިގެން ގޮސްފައިވާ ކަމަށާއި، ސްޓޫޑްންޓް ލޯނުގެ ފައިސާ ލިބުމުގައި ދަތިތަކެއް ހައްލެއް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ސްޓުޑެންޓް ލޯނާއި ގުޅޭގޮތުން ދަރިވަރުންގެ ފަރާތުން ލިބިވަޑައިގެންނެވި ޝަކުވާތަކާއި ގުޅޭގޮތުން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ މި މަހު އިނގެރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަފަހު ވަޑައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ފާހަގަކުރި އެއް ކަންބޮޑުވުމަކީ ފައިސާ ނުލިބުމުގެ އިތުރުން، މިނިސްޓްރީއާ މުއާމަލާތްކުރުމުގައި ދިމާވާ ދަތިތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނުގައި ރާއްޖެއިން ބެރުގައި 1،600 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކުދިން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ މުއާމަލާތްކުރުމަށް ހާއްސަ ބިޒްނަސް ނަމްބަރުތަކެއް ނަގާ، ކޮންމެ ޤައުމަކަށް ހާއްސަ ވަޓްސްއަޕް ގޫޕްތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެ ގުރޫޕްތަކުގައި ހަޔަރ އެޑިއުކޭޝަންގެ ކަމާއި ގުޅުންހުރި ހާއްސަ މުވައްޒިފަކު އިންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިި އެވެ.

އޭގެއިތުރުން ސްޓޫޑެންޓް ލޯނުގެ ފައިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހާއްސަ އިރުޝާދުތަކެއް ދީފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ތެލާއި ކާޑުގެ ބާވަތްތަކަށް ފައިސާ ދޫކުރުމުގެ ކުރިން، ދަރިވަރުންގެ ސްޓޫޑެންޓް ލޯނުގެ ފައިސާ ދުކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ