ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ނެވެ. ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާއިރު، މި މައްސަލައަކީ ދަރިވަރުން ފާހަގަކުރާ މައިގަނޑު އެއް ކަންބޮޑުވުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޝްވަރާއާއެކު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ހައްލު ގެނައުމުގައި ރާއްޖޭގެ ބާޒާރަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަށް ކަންކަން ރޭވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ލިބޭ ޑޮލަރު ބޭނުންކުރެވޭނީ ހަމައެކަނި އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގަ އެވެ.
މިވަގުތު ލޯނު ސްކީމުގެ ދަށުން 1600 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ސްޓޫޑަންޓް ލޯން


