ރައީސް ލިވަޕޫލްއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުކުރީ އެންމެ 153،690 ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުކުރީ ދޮޅުލައްކައެއްހާ ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އޭޕްރީލް 1 އިން 5 އަށް ކުރެއްވި މި ދަތުރުފުޅަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބާއި އެމް.އެމް.ޕީ.އާރް.ސީ / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް ރައީސް އޮފީހުން ކުރި ހަރަދުގެ ޖުމްލަ އަދަދު ހާމަކުރަމުން އެ އޮފީހުން ބުނީ، މި ދަތުރަށް އެ އޮފީހުން ހަރަދުކޮށްފައިވަނީ ޖުމްލަ 153،689.92 ރުފިޔާ (އެއްލައްކަ ފަންސާސް ތިންހާސް ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ނުވަދިހަ ދެ ލާރި) ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ލިވަޕޫލްގެ އެކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި، ކުރިއަރަމުންދާ އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާ ފައެވެ. އަދި ލޯޑް މޭޔަރ އޮފް ލީޑްސް، ކައުންސިލަރ އެބިގެއިލް މަރިޝްލް ކަޓުންގ އަދި ވެސްޓް ޔޮކްޝަޔަރގެ ޗެއަރ ޓްރޭސީ ބްރޭބިންއާވެސް ބައްދަލުކުރައްވާފައިވެ އެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ލަންޑަންގައި ހުންނަ ނަންބަރު 9 ޗޯޒްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ އާ އަލުން ހަވާލުކުރައްވާފަ އެވެ. މީގެއިތުރުން އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން، ދަރިވަރުންގެ ހާލު އަހުވާލު ބައްލަވައި، ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސާފުކުރެއްވި އެވެ.

އޭގެއިތުރުން ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެވިދާނެ މުހިންމު ކަންކަމާ މެދު މަޝްވަރާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - އިނގެރޭސިވިލާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ