ރަޖިސްޓްރަރގެ ނިންމުން ބާތިލްކޮށް، ޝައްމާންގެ ބަންދުގެ މައްސަލަ ކުރިއަށްގެންދަން ހައިކޯޓުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކުރި އަމުރާ ގުޅިގެން ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއެއްގެ އަތުން ފެނުނު 530,000 ރުފިޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.

ޝަމްއާން ފުރަތަމަ ބަންދުކުރި 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް، ފުރަތަމަ ބަންދުކުރި އަމުރު ޝަމްއާންގެ ފަރާތުން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ހައިކޯޓުގެ ރަޖިސްޓްރަރ ބަލައިނުގަތުމުން، ޝަމްއާންގެ ފަރާތުން އެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ. އަދި އިއްޔެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ރަޖިސްޓްރަރގެ ނިންމުން ބާތިލްކޮށް، އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ.

ހައި ކޯޓު ކްރިމިނަލް ކޯޓު މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ