ހަފްތާގެ ކޮންމެ ދުވަހަކު ރެއިޑްތަކެއް: އިތުރު 5 ބިދޭސީއަކު އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިއްޔެ ހުޅުމާލެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިކަން ހާމަކުރަމުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގައި ހިމެނޭ 4 ކެފޭއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ޚާއްސަ އޮޕަރޭޝަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް އެތައް ރެއިޑެއް ޖަހައި، ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ. މީގެއިތުރުން، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ވެސް ވަކި އޮޕަރޭޝަނެއް ކުރިއަށްގެންދެ އެވެ. އެ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 50،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފަ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ