މިނިސްޓަރު ޚަލީލް މޯލްޓާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މޯލްޓާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މިނިސްޓަރު ޚަލީލް މޯލްޓާއަށް ވަޑައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު ޚަލީލް މިއަދު ވަނި މޯލްޓާއިން ފުރާވަޑައިގެންފަ އެވެ.

މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޚަލީލް ވަނީ މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާ ބައްދަކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުން ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުސަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

މިނިސްޓަރު ޚަލީލްގެ މިދަތުރުފުޅުގައި މޯލްޓާގެ ސަރުކާރުގެ އިތުރު މިނިސްޓްރުންނާވެސް ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޚަލީލްގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ