ސިއްހީ ދާއިރާއިން ކިޔެވުމަށް ފިލިޕީންސްގެ ޔުނިވާސިޓީއަކުން ސްކޮލަޝިޕް ފުރުސަތު

Advertisement

އެންމެ ފަސް

Advertisement

ސިއްހީ ދާއިރާއިން ކިޔެވުމަށް ފިލިޕީންސްގެ ޔުނިވަސިޓީއަކުން ދިވެހިންނަށް ސްކޮލާޝިޕް ފުރުސަތުތަކެއް ފަހިކޮށްދީފި އެވެ.

މި ސްކޮލާޝިޕްގެ ފުރުސަތު ފަހިވެފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ފިލިޕީންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ނާޒިމްގެ މިދަތުރުފުޅުގެ ތެރެއިން ފިލިޕީންސްގެ ޔުނިވާސިޓީއެއް ކަމަށްވާ އޭއެމްއޭ ޔުނިވަރސިޓީގެ ފައުންޑާ އަދި ސީއީއޯ ޑރ. އަމަބްލް އާރް. އަގުއިލުޒްއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގެ ތެރެއިން އެ ޔުނިވާސިޓީން ދިވެހިންނަށް ސިއްހީ ދާއިރާއިން ކިޔެވުމަށް ތިން ސްކޮލަރޝިޕްގެ ފުރުސަތު ދެއްވާފައިވާކަން ހެލްތް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ހެލްތް މިނިސްޓަރު ނާޒިމް ފިލިޕީންސަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ހަތް ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ