އުރީދޫއަށް ވިހި؛ މިފަހަރު ހައްޖު ދަތުރަކާއި 19 އުމްރާ ދަތުރު

Advertisement

އެންމެ ފަސް

Advertisement

މުވާސަލާތީ ޚިދުމަތްދޭ ކުންފުނި އުރީދޫ މޯލްޑިވްސްއިން ކުންފުންޏަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 19 އުމްރާ ދަތުރާއި 2 ހައްޖު ދަތުރު އިނާމުގެ ގޮތުގައި ދިނުމަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި ”ލިވް އަންލިމިޓެޑް“ ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިދެވޭނެ އެވެ. އަދި ލަކީ ޑްރޯއެއް މެދުވެރިކޮށް ދެ މީހަކަށް ހައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދެވޭނެ އެވެ. މި ކެމްޕެއިންގައި ބައިވެރިވުމަށް 250 ރުފިޔާއިން މަތީގެ ޓްރާންސެކްޝަނެއް ހެދުމުން އޮޓޯއިން ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި ”ލިވް އަންލިމިޓެޑް“ ގެ ނަމުގައި މި ކެމްޕެއިން ކުރިއަށްގެންދަނީ ރާއްޖޭގައި މިހާރު ޓެކްނޮލޮޖީގެ އެއްވެސް ކަމަކާ ހާސްވާން ނުޖެހޭތީ އެވެ. އުރީދޫއިން ބުނި ގޮތުގައި ”ލިވް އަންލިމިޓެޑް ވިތު އުރީދޫ“ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ. އެއީ ރާއްޖޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް ލޯބިވާ މީހުންނާއި، ޝައުގުވެރިކަމާއި، ބޭރު ދުނިޔެއާ ގުޅިފައި ތިބެވޭނެ ކަމުގެ ވައުދެކެވެ.

އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާގެ ”ޕޭސްމޭކަރ“ އެއް ކަމަށާއި، 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުނި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ޓިއަރ 3 ޑޭޓާ ސެންޓަރަކާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ތަޢާރަފުކޮށްފައިވާ ކަމަށްވެސް ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ