ޓޫރިޒަމަށް ދޫކުރަން ނިންމި 7 ތަނެއް ލިސްޓުން އުނިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅައި ރަށްރަށާއި ބިންބިމާ އަދި ފަޅުތަކުގެ ލިސްޓުން ހަތް ތަނެއް އުނިކޮށްފި އެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިންބިމާ އަދި ފަޅު ކުއްޔަށް ދޫކުރުމަށް އޮންނަ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލިސްޓަށް އެންމެފަހުން އިސްލާހު ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

ލިސްޓުގައި ހިމެނެނީ ހދ، ށ، ރ، އއ، ވ، ގއ އަދި ގދ އަތޮޅުން އެއް ތަނެކެވެ. ޅ. އަދި ކ. އަތޮޅުން ދެ ތަނުގެ އިތުރުން ތ. އަދި ލ. އަތޮޅުން ތިން ތަން ދޫކުރުމަށް ވެސް އޭރުގެ އިއުލާނުގައިވެ އެވެ. ނަމަވެސް އެ ލިސްޓަށް އިއްޔެ ވަނީ އަލުން ބަދަލު ގެނެސްފަ އެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ އިއުލާނާ އަދި އިއުލާނަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ޝާއިއުކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން ބައެއް ރަށްތަކާއި ފަޅުތައް އުނިކޮށްފައިވާ ކަމަށެވެ.

އުނިކުރި ތަންތަނަކީ:

  • ކ. ހިއްމިޔާ ފަޅު
  • ކ. އަތޮޅު ތިން ފަޅެއް
  • ވ. އަތޮޅު ފަޅެއް
  • ގއ. ބޭރުމައުއްޑޫ
  • ގދ. ރާވެރިންކޮޅިހުއްޓާ

ލިސްޓުން އެ ހަތް ތަން އުނިކުރި ސަބަބު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ