ހުޅުމާލެ މުދާ ޖެޓީ ސަރަހައްދު ހުސްކުރަން އަންގައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާތީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ނެރުނު އިޢުލާނުގައި ބުނެފައިވަނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން، ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުން 14 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން އުޅަނދުތައް ނެގުމަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، ދެންނެވުނު މުއްދަތުގެ ތެރޭގައި އުޅަނދުތައް އެ ސަރަހައްދުން ނުނަގައިފިނަމަ، އެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ އެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދެމުންދާ އެއްބާރުލުން އިޢުލާނުގައި ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެއަކީ އާންމު ރައްޔިތުންނަށް ފަސޭހަތަނަކަށް ހެދުމަށް، އެކި އެކި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ