ރާއްޖޭގައި މެރިން މިއުޒިއަމެއް ގާއިމުކުރުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާމެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމާއި ޝަންހާއީ ޔުނިވަރސިޓީ އަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކުރި ޕޯސްޓުގައި ރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމުގެ އިތުރުން، ރާއްޖެއާއި ޗައިނާގައި މެރިން ކަލްޗަރަލް އެގްޒިބިޝަންތައް ބޭއްވުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ބުނެފައިވެ އެވެ.

މިނިސްޓަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވައި، މި މަސައްކަތުގެ ތެރެއިން އުފެދިފައިވާ ޕާޓްނާޝިޕްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ