ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން 8 ބިދޭސީއަކު އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް ސެންޓަރ އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުން ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ މާލޭގެ ސޯޝަލް ސެންޓަރ އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ ހޯމަ ދުވަހުގެރޭ ހުޅުމާލޭގައިވެސް ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފަ އެވެ. މި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅެމުންދާ 04 އެކަމަޑޭޝަން ބްލޮކެއް ވަނީ ބަލައިފާސްކުރެވިފަ އެވެ. އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފަ އެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. މި ނިންމެވުމާ ގުޅިގެން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް ”އޮޕަރޭޝަން ކުރަނގީ“ ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގެ ދަށުން މިހާތަނަށް 109,722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ ވަނީ އެއްކުރެވިފަ އެވެ. އަދި މާލެ ސަރަހައްދުން އެކަނި 67,214 މީހުންގެ މަޢުލޫމާތު ވަނީ ނެގިފަ އެވެ.

ސަރުކާރުން މި މައްސަލައަށް ޚާއްސަ އިސްކަމެއް ދެމުން، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ